Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭ ވެހޭނެތީ މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ދަންވަރު 2:00 ހަމައަށެވެ. އެގޮތުން އެ ވަގުތާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް ވިއްސާރަ ދުވަސްވަރަކަށްވާތީ މޫސުން ބަލައިގެން ކަނޑު ދަތުރުކުރުމުގައި ސަމާލުވާން ވެސް ކަމާބެހޭ ފަރާތްތަކުން އެދިފައިވެ އެވެ.