Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

މިނިސްޓަރު ހަލީލު މިސްރަށް ފުރާވަޑައިގެންފި

މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދުލްލަޠީގެ ދަޢުވަތަކަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަލީލުގެ މި ދަތުރުފުޅުގައި މިޞްރުގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެޤައުމުގެ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މިޞްރު ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

މިނިސްޓަރު ޚަލީލުގެ މިދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި އަދި ބައިނަލްއަޤްވާމީ މަންސަތަކުުގައި ދެ ޤައުމުން ގުޅިގެން އަދާކުރަމުން އަންނަ ދައުރު އިތުރަށްފުޅާ ކުރުމަށް މި ދަތުރުފުޅުގައި މަޝްވަރާ ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.