'މަހަލީ ހައްލު' ގެ ނަމުގައި އައްޑޫގައި ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.
މިއީ އައްޑޫ ސިޓީ ކައުންސިލާއި މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.
މި މަހުގެ 25 އާއި 26 ގައި ބައިވެރިިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ރަޖިސްޓްރީވުމުގެ ފުުރުސަތު ވެސް ހުޅުވާލައިފަ އެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އާދީއްތަ ދުވަހު މެންދުރު ފަހު 2:00 އާ ހަމަށެވެ.
ކައުންސިލުން ބުނީ "މަހަލީ ހައްލު" ކޮންފަރަންސްގެ މައިގަނޑު މަގުސަދަކީ ލާމަރުކަޒީ ނިޒާމަށް ގެންނަމުންދާ ބަދަލުތަކުގައި ކައުންސިލްތަކާއި މުޖުތަމައުތަކުގެ ފަރާތުން ގުޅިގެން ވަކާލާތު ކުރާނެ ފުރުސަތު ފަހި ކުރުން ކަމަށެވެ.
މި ކޮންފަރެންސް ފަށާ ދުވަހަކީ އައްޑޫ ސިޓީ ކައުންސިލާ ވަކިވެ، ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ހަމަޖެހިފައިވާ ދުވަހެކެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން އެ ވޯޓް ނަގާ ތިން އަވަށަކީ ފޭދު އާއި މީދޫ އަދި ހުޅުދޫގަ އެވެ.