ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވަން ދައުލަތުން އެދިއްޖެ އެވެ.
އޭނަގެ މައްޗަށް ގަތުލުއާންމު ހިންގުމުގެ ދައުވާ އުފުލާފައި ވަނީ ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރުގެ ތެރޭގައި ކުރި ބޮޑެތި މުޒާހަރަތަކާ ގުޅިގެން، 1،400 އެއްހާ މީހުން މަރުވުމާ ގުޅިގެންނެވެ. މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވީ ހަސީނާގެ އޯޑަރަށް މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ސަލާމަތީ ބާރުތައް ނެރެ، ހިނގި ކުރިމަތިލުންތަކުގެ ތެރޭގަ އެވެ.
އެ ކުރިމަތިލުންތަކުގައި ފުލުހުން އާންމުންގެ ގަޔަށް ބަޑި ވެސް ޖަހާފައިވެ އެވެ.
ހަސީނާގެ މަައްޗަށް އުފުލާފައިވާ ދައުތަކާ ގުޅިގެން އިއްޔެ ބޭއްވި އަޑު އެހުމުގައި ދައުލަތުގެ އިސް ވަކީލު ތާޖުލް އިސްލާމް ވިދާޅިވީ ހަސީނާގެ މައްޗަށް "ސާދަސަތޭކަ މަރުގެ ހުކުމް އިއްވަން" ޖެހޭ" ކަމަށެވެ.
އެހެންވެ އޭނަ ހިންގެވި ލާއިންސާނީ ޖަރިމާތަކުގެ އަދަބެއްގެ ގޮތުގައި އެންމެ ކުޑަވެގެން އިންސާނިއްޔަތަށްޓަކައި އޭނަގެ މަރުގެ ހުކުން އަންނަން ޖެހޭ ކަމަށާއި އެ ހުކުމް އިއްވަން އެދިވަޑައިގަންނަވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ހަސީނާގެ މައްޗަށް ކުރާ ދައުވާތަކަށް އޭނަ އިންކާރު ކުރައްވާފައިވާ އިރު، މުޒާހަރާތައް ވަރުގަދަވެ، ގައުމުގެ މަސްރަހު އެންމެ ބޮޑަށް ހަލަބޮލިވި ދަނޑިވަޅު އޭނަ ވަނީ އިސްތިއުފާ ދެއްވައި ފިއްލަވައިގެން އަވައްޓެރި އިންޑިއާ އަށް ވަޑައިގެންނެވި އެވެ.
ދެހާސް ނުވައަކުން ފެށިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރެއްވި ހަސީނާ، 78، އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ގަ އެވެ.