ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ނަންދަނަ ސެނެވިރަތުނެގެ އޭނަގެ މަގާމުގެ ދައުރު ހަމަކުރުމަށް ފަހު މަޔާމުން އިއްޔެ ވަކިވެވަޑައިގެންފި އެވެ.
ރާއްޖޭގެ ގައުމީ ބޭންކާ ނަންދަނަ ގުޅިވަޑައިގަތީ ފައިނޭންސް ޑިރެކްޓަރެއްގެ ގޮތުގައި 2014ގަ އެވެ. ސީއެފްއޯގެ މަގާމުގެ ދައުރު ހަމަވުމާ އެކު އެ މަގާމުން އިއްޔެ ވަކިވެވަޑައިގަތީ، 11 އަހަރު ބީއެމްއެލްގައި ހިދުމަތް ކުރެއްވުމަށް ފަހުގަ އެވެ.
ބީއެމްއެލްގެ ފައިނޭންސްގެ ޑިވިޝަނަށް ސްރީ ލަންކާ އަށް ނިސްބަތްވާ ނަންދަނަ ގެނެސްދެއްވި މުހިންމު ބަދަލުތަކަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވަނީ ޝުކުރު ވެސް އަދާކުރައްވާފައިވެ އެވެ.
ބީއެމްއެލުން ބުނީ އެތަނުގެ ފައިނޭންސް ޑިވިޝަނުގައި މިހާރު ދިވެހި ހަތަރު ޗާޓާޑް އެކައުންޓެންޓުން މަސައްކަތްކުރާ ކަމަށާއި ބޭންކުގެ އޮޑިޓް ޑިޕާޓްމަންޓްގައި ވެސް ދިވެހި ދެ ޗާޓާޑް އެކައުންޓަންޓުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.