Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ކޮޅުވެއްޓި ހާދިސާ: ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ

މާލެއިން ފުރައިގެން ކ. އެރިޔަދު އަށް ދަތުރުކުރަނިކޮށް މިދިޔަ ބުދަ ދުވަހުގެރޭ ބަންޑުން ޖަހާލައި ކޮޅުވެއްޓިން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މި ހާދިސާގައި ތިން މީހަކު ގެއްލުނު އިތު އޭގެ ތެރެއިން ދެ މީހަކު މަރުވެފައި އޮއްވާ އިއްޔެ ވަނީ ފެނިފަ އެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ދިވެއްސަކާއި އިންޑިއާ މީހެކެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ދެން ގެއްލުނު ސްރީލަންކާގެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ބަންޑުން ޖަހާލާފައިވަނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ 100 ފޫޓްގެ ކޮޅުވެއްޓިއެކެވެ.