Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ރަނގަޅު ނިމުމަކީ އިސްލާމްވެ، ޝަހީދަކަށްވުން!

އިޓަލީ މީހަކު އިޓަލީ މީހުންނާ ދެކޮޅަށް ޖިހާދު ކުރުން!

އަހަރަކީ 1915 ވަނަ އަހަރެވެ.

ޢުމަރު އަލްމުޚްތާރު އިޓަލީ ސިފައިންގެ މީހެއް ކަމަށްވާ كارميني يوريو ހައްޔަރުކުރިއެވެ. ލިބިޔާގެ މުޖާހިދުންގެ ފަރާތުން ފެނުނު ރަނގަޅު އަޚްލާޤު ގެ ސަބަބުން كارميني يوريو އިސްލާމްދީން ޤަބޫލުކުރި އެވެ. އުމަރު އަލްމުޚްތާރު އޭނަ އަށް ޢަރަބި ބަސް އުނގަންނައިދީ، ޖަޣްބޫބުގައި ކުޑަކުދިންނާ އެކު ޤުރްއާން ހިތުދަސްކުރުވި އެވެ.

كارميني يوريو މަޝްހޫރުވެފައިވަނީ އޭނާގެ އަމާޒަށް މަބިޖެހުމުގެ ހުނަރުވެރިކަމުންނެވެ. އޭނާއަކީ އިޓަލީ ސިފައިންގެ ތެރޭގައި ހުރި ސްނައިޕަރެކެވެ. އޭނާ މުޖާހިދުންނަށް އަމާޒަށް ބަޑިޖެހުމުގެ ތަމްރީނު ދިނުމުގެ އިތުރުން ބަރްޤާ އަދި ދެކުނު ލިބިޔާގައި އިޓަލީ ސިފައިންނާ ދެކޮޅަށް ޖިހާދީ ހަނގުރާމަތަކުގައި ވެސް ބައިވެރިވިއެވެ. كارميني يوريو އޭނާގެ ނަން ޔޫސުފް އަލްމުސްލިމާނީ އަށް ބަދަލުކޮށް، ލިބިޔާގެ ޖާލޫ ސަހަރާގައި ދިރިއުޅެން ފެށިއެ ވެ. އޭނާ އަލްމަޖާބިރާ ޤަބީލާގެ ތަބްރާ އަލްމަޖްބަރީ އާ ކައިވެނިކުރި އެވެ.

އޭނަގެ އަނބިމީހާ އޭނާގެ ދީނުގެ ކަންކަން ދަސްކޮ ށްދިނުމުގައި އެހީތެރިވެ ދިނެވެ. އަދި އޭނާގެ ދިރިއުޅުމާއި ޖިހާދީ ދަތުރުގައި އޭނާއާއެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރި އެވެ. ދުޝްމަނުންނާއެކު މަސައްކަތްކުރި ޣައްދާރެއްގެ ޚިޔާނާތެއްގެ ސަބަބުން 1928 ވަނަ އަހަރު އިޖްދާބިޔާ ސިޓީ ކައިރިން އޭނަ ހައްޔަރުކުރެވުނެވެ.

އޭނާ ދަން ޖެއްސުމުގެ ފަހު ވަގުތުގައި، މަންސަލާގައި ޕާދިރީއެއް އޭނާ ކައިރިއަށް އައުމުން، އޭނާ މުފްތީ އެއްގެ އެހީތެރިކަމަށް އެދުނެވެ. އިޓަލީ އޮފިސަރު އެކަމާ ޢަޖައިބުވެފައި ސުވާލު ކުރުމުން، كارميني يوريو ބުންޏެވެ. "މިއަދު އަހަރެން މި ދުނިޔެއިން ވަކިވެދާނީ މުސްލިމެއްގެ ގޮތުގައެވެ. އަހަރެން ނަޞާރާއެއްގެ ގޮތުގައި މަރުވާކަށް ނެތީމެވެ."

އޭނާ އެންމެންގެ ކުރިމަތީގައި ޝަހާދަތް ކިޔައި، އިސްލާދީނުގެ ފިދާއީއެއްގެ ގޮތުގައި އޭނާ ޝަހީދުކޮށްލުމަށްޓަކައި ބަޑި އަމާޒުކޮށްގެން ތިބި އިޓަލީގެ ސިފައިންނާ ކުރިމަތިލިއެވެ.

ނޯޓް: މިއީ ޝެއިހް މޫސާ އަންވަރު ހަސަންގެ ލިޔުމެކެވެ.