Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ކަނޑުތައް ގަދަވެ، މުޅި ރާއްޖެއަށް ވައިޓް އެލާޓް

ކަނޑުތައް ގަދަވެ މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ މިރޭ 10 ޖެހުމާ ހަމައަށެވެ. އެގޮތުން އެ ވަގުތާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް ވިއްސާރަ ދުވަސްވަރަކަށްވާތީ މޫސުން ބަލައިގެން ކަނޑު ދަތުރުކުރުމުގައި ސަމާލުވާން ވެސް ކަމާބެހޭ ފަރާތްތަކުން އެދިފައިވެ އެވެ.