ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޕީއެންއެފުން ބުނީ އެ ޕާޓީގެ ގައުމީ ޖަލްސާ މި މަހުގެ 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާގައި ޕާޓީގެ ދާއިމީ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ މަގާމުތައް:
– ރައީސް
– ދެ ނައިބު ރައީސްގެ މަގާމު
– ސެކްރެޓަރީ ޖެނެރަލް
– ރަޖިސްޓްރާ
– ހަޒާންދާރު
– 14 ސެނެޓް މެންބަރުން
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް އޮންނާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ރަޖިސްޓްރީކޮށްދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ގަ އެވެ. އެ ޕާޓީގެ ވަގުތީ ރައީސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.