Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

އެމްޑީޕިގެ އެއްވުމުން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

މި މަހުގެ 3 ގައި އެމްޑީޕީން "ލޫޓްވައިފި ލޫޓްވައިި" ގެ ނަމުގައި މާލޭގައި ބޭއްވި އެއްވުމުން މީހުންގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން އެންމެން މިއަދި ދޫކޮށްލައިފި އެވެ.

އެ އެންމެން ވެސް ދޫކޮށްލީ ތަހުގީގަށް އެއްބާރުލުމަށް ޝަރުތުކުރުމަ ށްފަހު އެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 8 މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އެހެންނަމަވެސް އޭގެތެރެއިން ބަންދުގެ މުއްދަތު ކޯޓުން ޖެހީ 6 މީހަކަށެވެ. އަނެއް ދެ މީހުން ހައްޔަރުކުރިތާ 24 ގަޑިއިރު ފަހުން ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި އައްޑޫ ކައުންސިލަރެއް ކަމަށްވާ ހުސައިން ޒަޒީރު ހިމެނެ އެވެ.

ބަންދަށް މުއްދަތު ޖެހި ހަ މީހުންގެ ބަންދަށް 15 ދުވަސް ޖެހީ މި މަހުގެ 4 ގަ އެވެ.

ބަންދަށް މުއްދަތު ޖެހި މީހުންނަކީ:

* މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
* ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
* މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
* އަލީ ޖުމާން
* އަޒްމީ އަލީ
* ހަސަން ޝާކިރު

އެމްޑީޕީން މިހާރު އަންނަނީ ސަރުކާރާ ދެކޮޅަށް އަންނަ މަހުގެ 17 ގައި ވެސް ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.