Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ކައުންސިލް އިންތިހާބު މާޗް 28 ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ އަންނަ އަހަރުގެ މާޗް 28 ގައި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ އިންތިހާބަށް ކޮމިޝަނުން ތައްޔާރީތައްވަމުން އަންނަ އިރު، މިހާރު ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ސިޓީތަކާއި ރަށްތަކުގެ އާބާދީގެ ތަފުސީލުތައް ވެސް އާންމުކޮށް އެވެ.

އިންތިހާބާ ބެހޭ ގޮތުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މާޗް މަހުގެ 28 ގައި އިންތިހާބު ބާއްވަން ނިންމާފައިވާތީ އިންތިހާބަށް ކުރިމަތިލާން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވައިލާނެ ކަމަށެވެ. އެގޮތުން އިންތިހާބަށް ކުރިމަތިލާން ހުޅުވައިލަން ނިންމާފައި ވަނީ ޖެނުއަރީ 17 ގަ އެވެ.

ޒާހިދު ވިދާޅުވި ގޮތުގައި މި ފަހަރުގެ އިންތިހާބަށް ކެންޑިޑޭސީ އީސީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އީސީން ބުނީ އިންތިޚާބު ބޭއްވުމަށްޓަކައި 70-80 މިލިޔަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ.