Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ކޮޅުވެއްޓިން ގެއްލުނު 3 މީހާ ވެސް ފެނިއްޖެ

މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން ތިން ވަނަ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެއީ ސްރީ ލަންކާއަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނަގެ ހަށިގަނޑު ފެނުނީ އޮޔާދަނިކޮށް ކަމަށެވެ. އެއީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިންނެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ވަގުތެއްގައި ކޮޅުވެއްޓި 7 މީހުންނާ އެކު ދަތުރުކުރީ އެރިޔަދުއަށެވެ.

ގެއްލުނު ތިން މީހުންގެ ތެރެއިން ފުރަތަމަ ފެނުނު މީހާ ގއ. ދާންދުއަ ށް ނިސްބަތްވާ އަޙުމަދު ޝިފާން އެވެ. އޭނަގެ ހަށިގަނޑި ފެނުނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ދެވަނަ ދެވަނަ މީހާ އަކީ އިންޑިއާ މީހެކެވެ. އޭނާ ހަށިގަނޑު ފެނިފައިވަނީ އެ ދުވަހުގެ މެނދުރެއްހާއިރު އެވެ.