Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

ތުރުކީން އައްޑު އަށް އަސްކަރީ ސާމާނުތަކެއް

ގަމަށް ޖެއްސި ތުރުކީގެ ބޯޓް/ ފޮޓޯ ސޯޝަލް މީޑިއާ

ތުރުކީން އައްޑު އަށް އަސްކަރީ ސާމާނުތަކެއް ގެނެސްފި އެވެ.

އެ ޝިޕްމަންޓާ އެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:44 ހާއިރެވެ.

އެނގިފައިވާ ގޮތުގައި އައްޑުއަށް ތުރުކީން ގެނައީ އެ ގައުމުގެ ސަރުކާރުން ހަދިޔާކުރި އަސްކަރީ ބައެއް އާލާތްތަކެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް މައުލާތެއް ސަރުކާރުގެ ރަސްމީ އެެއްވެސް ފަރާތަތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ތުރުކީން އައްޑު އަށް އަސްކަރީ ސާމާނުތަކެއް ގެނައި އިރު، އައްޑޫ ގަމަކީ ސިފައިންގެ ސަދަން ކޮމާންޑް ގާއިމުކޮށްފައި އޮންނަ ތަނެވެ.

ތުރުކީން މި ފަހުން ރާއްޖެ އަށް އަސްކަރީ އެކިއެކި ވަސީލަތްތައް ފޯރުކޮށް ދީފައިވެ އެވެ. އޭގެ ތެރޭގަިއި ޑްރޯނާއި މަނަވަރެއް ވެސް ހިމެނެ އެވެ.