ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ ސްކޮލަޝިޕް ފަންޑް ލިބޭ ދަރިވަރުން ހޮވައިފި އެވެ.
އެ ފުރުސަތު ދީފައި ވަނީ ތިން ދަރިވަރަކަށެވެ. އެގޮތުން ސްކޮލަޝިޕަށް ހޮވުނު ދެ ދަރިވަރުންނަކީ މުޙައްމަދު ޢާހިލް އަޙްމަދު އާއި މަރްޔަމް ޖައިޝާން ޖަލީލު އަދި މުޙައްމަދު ޝައުން ޙިލްމީ އެވެ.
ގައުމީ ބޭންކްގެ ސްކޮލަރޝިޕް ފަންޑަކީ ތައުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑަ-ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭންކުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.
މި ސްކޮލަޝިޕަކީ ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި، އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ މުހިންމު ޕްރޮގްރާމެކެވެ.
ބީއެމްއެލްގެ ސީއީއޯ/މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ސްކޮލަޝިޕް ލިބުނު ދަރިވަރުން ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގޭ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"މި ފުރުސަތާއެކު ތިޔަ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އަދި ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގެ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން." އޭނަ ވިދާޅުވިއެވެ.
ދެހާސް ބާވީހުން ފެށިގެން ބީއެމްއެލް ސްކޮލާޝިޕް ދެމުން އަންނަ އިރު މިހާތަނަށް ހޮވުނު 9 ދަރިވަރަކު އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ޔުނިވާސިޓީތަކުގައި ކިޔަވަމުންނެވެ.