Last Updated: June 8, 14:27
Monday, June 8, 2026
މުނިފޫހިފިލުވުން

ޕަރިނީތީ އަށް ފިރިހެން ކުއްޖެއް

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

އޭނަ ވިހޭކަން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރުމާ އެކު، ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކާއި ފޭނުން ވެސް އަންނަނީ ސޯޝަލްް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ. ޕަރިނީތީ ބަލިވެއިން ވާހަކަ ދެކޭވާތާ ދުވަސްތަކެއް ފަހުން އޭނަ އެކަން ރަސްމީކޮށް އިއުލާންކުރީ މިދޔަ އޮގަސްޓް މަހުގެ 25 ގަ އެވެ.

ޕަރިނީތީ އާއި ރާގަވް ޗައްޑާ ކައިވެނިކުރީ 2023 ގަ އެވެ. ރާގަވް އަކީ އިންޑިއާގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހެކެވެ.

ދެހާސް އެގާރައިގެ ފިލްމު "ލޭޑީސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ނުކުތް ޕަރިނީތީ އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ކަޒިންއެކެވެ.