މި ސަރުކާރުން ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގައިދޭތީ އެމްޑީޕީ އުޅެނީ ހިތަށް ކުޅަދާނަ ނުވެގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާން އެ ޕާޓީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އެ މީހުން ނޫން ބަޔަކު ވެރިކަން ކުރާ ނަމަ ރަނގަޅު ހަމަ އެއް ކަމެއް ވެސް ކުރެވޭ ކަމަށް ނުހެދުން ކަމަށެވެ.
"ރޯމާ ދުވަލު ބޮޑެތި ވައްކަންތައްކޮށް ދިވެހިން ނިކަމެތި ވަމުން އަައި ދުވަސްވަރެއްގައި އަޅުގަނޑުމެންގެ ހިތްވަރު ގަދަަ ރައީސް ނިކުނެވަޑައިތީ މި ނުލަފާ މީހުން ރައްޔިތުންނަށް ވަމުން އައި ހިޔާނާތްތަކުންނާއި އަނިޔާވެރިކަމުން މި ގައުމު ސަލާމަތްކޮށް ދެއްވުމަށް،" ސިނާނު ވިދާޅުވި އެވެ. "ނުހަނު ފަސޭހަކަމާއެކު ބޮޑު ތަނުން ބޮޑު ނޯއެއް ޖަހާ އެމްޑީޕީ ވެރިކަމުން ދިވެހިން ދުރުކުރީ."
އެމްޑީޕީގެ ސިޔާސަތަކީ އެބައިމީހުން ނޫން އެހެން އެއްވެސް ބައެއް ވެރިކަން ކުރާނަމަ ރަނގަޅު ހަމަ އެއްކަމެއްވެސް ކުރެވޭ ކަމައް ނުހެދުމެވެ. ރޯމާ ދުވަލު ބޮޑެތި ވައްކަންތައްކޮއް ދިވެހިން ނިކަމެތި ވަމުން އަައި ދުވަސްވަރެއްގަ އަޅުގަނޑުމެންގެ ހިތްވަރުގަދަަ ރައީސް ނިކުނެވަޑަިގަތީ މި ނުލަފާ…
— Mohamed Sinan (@deepsinaa) October 18, 2025
ސިނާނު ވިދާޅުވީ މިހާރު ފެންނަނީ މިއަދުގެ ސަރުކާރުން ހަރަދުތައްކުޑަކޮށް ތަރައްގީގެ އެތައް މަޝަރޫއުތަކެއް ފަށަމުން އަންނަ ތަން ކަމަށެވެ.
"އެތައް މަޝަރޫއުތަކެއް ފައްޓަވައި ދެއްވާ ތަން ފެނުމުން ހިތަށް ކުޅަދާނަ ނުވެގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް މި ބައިގަނޑުގެ ކަންތައް ބޮޑުވެއްޖެ،" އޭނަ ވިދާޅުވި އެވެ. "ހަގީގަތަކީ މިއަދު އެމްޑީޕީއޭ ކިއުނު ވަގުންގެ ބައިގަނޑަށް އެއްވެސް ތާއީދެއް ވެސް ނެތްކަން."