Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

އުރީދޫ "ފަން ރަން" ގައި ބައިވެރިވާން ހުޅުވާލައިފި

އުރީދޫ "ފަން ރަން" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމެޖެހިފައިވާ ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓާ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕުލެޓްފޯމް މެދުވެރިކޮށެވެ. ދުވުމުގައި ބައިވެެރިވުމަށް ރެޖިސްޓާކުރުމުގެ ފަހު ތާރީހަކީ އަންނަ މަހުގެ 14 އެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުންނާއި އަދި އާއިލާއާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވެވޭނެ އެވެ. އުރީދޫން ހުށަހަޅާ ހަމައެކަނި ޝަރުތަކީ އުމުރުން ހަ އަހަރު ފުރިފައިވުމެވެ.

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ކަސްރަތެއްކަން އަންގައިދިނުމުގެ މަގުސަދުގައި އުރީދޫން ބާއްވާ ދުވުމެކެވެ.

އުރީދޫ ފަން ރަންގެ ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 110ރ. އެވެ. އަދި 210ރ. އަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެ އެވެ.