Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

އައްޑޫ ބައިބައި ކުރުމުން ހަރަދުތައް ބޮޑުވާނެ

އައްޑޫ ސިޓީ ކައުންސިލްގެ ބަދަލުގައި ވަކިވަކި ރަށު ކައުންސިލްތައް ހަދައިގެން ހިންގުމުން ކުރިމަތިވާނެ އެންމެ ބޮޑު ގެއްލުމަކީ ކަންކަމަށް ކުރަން ޖެހޭ ހޭދަ ދެގުނަވެ، ކުރިއެރުމަށް ހުރަސް އެޅުން ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފޭދު އަށް ނިސްބަތްވާ ފައިރޫޝް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކުރިއެރުން އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކަންމަތީ އޮވެގެން ކަމަށެވެ.

އެހެންވެ އައްޑޫގެ ބައެއް އަވަށްތަކުގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ނަގަން ތައްޔާރުވަމުން އަންނަ ވޯޓަށް ތާއީދު ނުކުރައްވާ ކަމަށް އިޝާރާތް ކުރައްވައި އޭނަ ވިދާޅުވީ އައްޑޫ ބައިބައި ކުރުމުން ކަންކަން ތަންފީޒު ކުރަން ގާނޫނީ ގޮތުން ވެސް މައްސަލަތައް ދިމާވާނެ ކަމަށެވެ.

"އެހެންވެ އައްޑު އަށް ބޭނުން ވަނީ ހިދުމަތްތަތަކާއި ކުރިއެރުމާ ގުޅުން ހުރި ކަންކަން ރިފޯމް ކުރުން. ބައިބައި ކުރުމެއް ނޫން." ފައިރޫޝް ވިދާޅުވި އެވެ.

އައްޑޫ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް އޮންނާނީ މި މަހުގެ 25 ގަ އެވެ.