Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ވިއްސާރައިގެ ގެއްލުން 14 ރަށަކަަށް

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި އެކި ވަރުގެ ގެއްލުން ލިބިގެން މިހާތަނަށް 14 ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެތަނުން ބުނީ އެކި ވަރުގެ ގެއްލުން ލިބިގެން 14 ރަށަކުން ރިޕޯޓުކުރި އިރު، ދިރިއުޅެން ދަތިވާ މިންވަރަށް ގެއްލުން ލިބިގެން ގެއަކުން މީހުން ބަދަލުކުރަން ޖެހުނީ ކުޅުދުއްފުށިން އެކަނި ކަމަށެވެ. އަދި އެގޮތަށް ބަދަލު ކުރަން ޖެހުނީ އެންމެ ދުވަހަކަށެވެ.

ގެއްލުންވެގެން ރިޕޯޓްކުރި ރަށްތައް:

* ގދ. މަޑަވެލި
* ގދ. ހޯނޑެއްދޫ
* ގދ. ނަޑެއްލާ
* ގދ. ރަތަފަންދޫ
* ގދ. ފަރެސްމާތޮޑާ
* ގއ. މާމެންދޫ
* ލ. މާވަށް
* ހދ. ނޮޅިވަރަންފަރު
* ކުޅުދުއްފުށި
* އައްޑޫ، މަރަދޫ
* ރ. ފައިނު
* މ. ދިއްގަރު
* މ. މަޑުއްވަރީ
* ފުވައްމުލައް

އެންޑީއެމްއޭ އިން ބުނީ ވިއްސާރާގައި ނޭކުރެންދޫގެ ބޯޓަކަށް ގެއްލުން ލިބިގެން ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ރަށްރަށަށް ލިބިފައިވާ ގެއްލުންތަައް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.

ރާއްޖެ އަށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އަދި މޫސުން އަލިވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.