Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ސައިކަލެއް ވަގަށް ނެގި އިތުރު މީހަކު ޖަލަށް

މީހެއްގެ ސައިކަލް ވަގަށް ނަގައިގެން ދުއްވި މައްސަލައެއްގައި މީހަކަށް އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އެ ހުކުމް އިއްވީ ގއ. މާމެންދޫ ބިލަތްމާގޭ، މުހައްމަދު ފަޒީނަށްގެ މައްޗަށެވެ.

ދައުލަތުން އޭނާއަށް ދައުވާ ކުރީ މިދިޔަ އޭޕްރީލް މަހުގެ 2 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފަހެއްގެ ކައިރީ ޕާކުކޮށްފައި ހުއްޓާ ގެއްލުނު ސައިކަލެއް ފަޒީން ދުއްވަނިކޮށް ފެނިގެންނެވެ.

ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސައިކަލް ފެނުނީ މަޖީދީމަގު، ހިރިގާ ކެފޭ ކައިރީ ކަފިހުރަސްމަތީގައި ސައިަކަލް ޕާކު ކުރުމަށް ފަހު ފަޒީން ދަނިކޮށެވެ. އަދި ފުލުހުން އޭނަ ހުއްޓުވިއިރު އެ ސައިކަލްގެ ރިމޯޓް ފަޒީނުގެ އަތުން ފެނިފައިވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.

މި މައްސަލައިގެ ޝަރީއަތުގައި އޭނަ ވަނީ ދައުވާއަށް އިއުތިރާފު ވެސް ވެފަ އެވެ.

މާލެ ސަރަހައްދުން ސައިކަލް ވަގަށް ނެގުން ވަރަށް ބޮޑަށް އާންމުވެފައިވާ އިރު، ފުލުހުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާ އިރު، ވަގަށް ނެގި ސައިކަލްތަކުގެ ތެރެއިން 109 ސައިކަަލެއް މިދިޔަ ހޯދާފައިވެ އެވެ.