Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް

ރާއްޖެއަށް ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި މުޢާޒު ޢަލީގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މުއާޒާއެކު އިތުރު ތިން މީހަކު ހައްޔަރުކުރީ މިދިޔަ ހަފްތާގަ އެވެ. މި މައްސަލައިގައި ދެން ހައްޔަރުކުރީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.

ފުލުހުން މިއަދު ބުނީ ބަންދާމެދު ގޮތެއް ނިންމުމަށް މުއާޒު މިއަދު ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ކަސްޓަމްސްގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ މުއާޒަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހުގެ ބަންދު މުއްދަތެވެ.

މުއާޒު ފިޔަވައި ދެން ތިބި އެންމެންގެ ބަންދަށް ދީފައިވަނީ 15 ދުވަހެވެ.

މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކުރުމުގެ އިތުރަށް 12 މީހަކު ފުރުން ވަނީ މަނާކޮށްފަ އެވެ.