އައްޑޫ ޓޫރިޒަމް އެވޯޑްސް އަށް ނަން ހުށަހެޅުމުގެ ފުރުަސަތު ހުޅުވާލައިފި އެވެ.
މި އެވޯޑަކީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މުޅިން އަލަށް ދޭން ނިންމި އެވޯޑެކެވެ.
މި އެވޯޑަކީ އައްޑޫގެ ޓޫރިޒަމް ކުރިއަރުވައި، އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން ދޭން ނިންމި އެވޯޑެކެވެ.
އެވޯޑް ހަފުލާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ. އެވޯޑްސް އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 އާ ހަމައަށެވެ.
އައްޑޫ ޓޫރިޒަމް އެވޯޑްސް ދޭން ނިންމާފައި ވަނީ 22 ކެޓަގަރީއަކުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ އީކްއޭޓާ އެވޯޑް. ސެރެނިޓީ އެވޯޑް، ބެސްޓް ޕަފޯމިން ސިޓީ ހޮޓެލް، ބެސްޓް ރޭޓެޑް ގެސްޓްހައުސް، ބެސްޓް ރޭޓެޑް ހޯމްސްޓޭ، ގޭޓްވޭ އެވޯޑް-އިންޓަނޭޝަނަލް، ގޭޓްވޭ އެވޯޑް-ޑޮމެސްޓިކް، ސުމޫތު ރައިޑް އެވޯޑް، ހޮރައިޒަން އެވޯޑް، އެޑްވެންޗަ އެވޯޑް، އޯޝަން ތުރިލް އެވޯޑް، އައްޑޫ ވިޝުއަލް ސްޓޯރީ-ޓެލާ އެވޯޑް، ޓުއާ އޮޕަރޭޓާ/ޓްރެވެލް އެޖެންސީ/ޕީއެސްއޭ އެވޯޑް، ކްރިއޭޓިވް ޓެލެންޓް އެވޯޑް، އެފްއެންޑްބީ އެވޯޑް، ސަސްޓައިނަބަލް ޓޫރިޒަމް އެވޯޑް، ކޮމިއުނިޓީ އެންގޭޖްމަންޓް އެވޯޑް، އެންޖީއޯ ކޮންޓްރިބިއުޝަން އެވޯޑް، ޑެސްޓިނޭޝަން މާކެޓިން އެކްސެލެންސް އެވޯޑް، ސޯޝަލް މީޑިއާ މާކެޓިން އެވޯޑް، ހިއުމަން ރިސޯސް އެވޯޑް އަދި ގްރީން އެވޯޑެވެ.
އައްޑޫ ކައުންސިލުން ޓޫރިޒަމް އެވޯޑެއް ދޭން ނިންމި އިރު، އައްޑޫގެ ޓޫރިޒަމް އިޝްތިހާރުކޮށް މާކެޓް ކުރަން މިދިޔަ އަހަރު 'އައްޑޫ؛ ބިޔޯންޑް ދި އީކްއޭޓާ' ގެ ނަމުގައި ބްރޭންޑެއް ވެސް ލޯންޗްކޮށްފައިވެ އެވެ.