Last Updated: June 8, 14:27
Monday, June 8, 2026
ދުނިޔެ

ކާގޯ ބޯޓެއް ރަންވޭ އިން ކަހާލައި މޫދަށް ވެއްޓިއްޖެ

ދުބާއީ އިން މިއަދު ހޮންކޮންގަށް ދިޔަ ކާގޯ މަތިންދާބޯޓެއް ރަންވޭ މަތިން ކަހާލައިގެން ގޮސް މޫދަށް ވެއްޓިޖިއްޖެ އެވެ.

އެމިރޭޓްސްގެ އީކޭ9788 ބޯޓަށް ހޮންކޮންގެ އިންޓަނޭޝަނަލް އެއާޕޯޓްގައި ދިމާވި މި ހާދިސާގައި ބޯޓް ކަހާލައިގެން ދިޔަ ދަނޑިވަޅު އެއާޕޯޓްގެ ވެހިކަލެއްގައި ޖެހި އޭގައި ތިބި ދެ މީހުން ވަނީ މަރުވެފަ އެވެ.

ކަހާލި ބޯޓްގައި ހަތަރު މީހަކު ތިއްބެވެ. އެ މީހުން ސަލާމަތްވެފައިވެ އެވެ.

މި ހާދިސާގެ ތަހުގީގު މިހާރު ފަށާފައިވާ އިރު، ބޯޓް ރަންވޭ މަތިން ކަހައިލަން ދިމާވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. އެއާޕޯޓްގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ބޯޓަށް ދޭންވާ ފުރިހަމަ އިރުޝާދު ވެސް ދީފައިވާ ކަމަށާއި އިރުޝާދު ދިނުމުވައި އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށެވެ.