ދުރު ރަށެއްގައި އެކަނި ދިރިއުޅޭ ޒުވާނެކެވެ. އޭނަ އަކީ ޔަތީމެއް ނޫނެވެ. އެހެނަސް އޭނާ އައީ ހަނގުރާމައިގައި ހަލާކުވެފައިވާ އޭނާގެ ރަށް ދޫކޮށް، އެއްވެސް މީހަކު ނުދަންނަ ބޭރު މީހެއްގެ ގޮތުގައި އެ ރަށަށެވެ.
އޭނަގެ އަތުގައި އޮތީ އޭނާގެ އަސާއާއި ބާވެފައިވާ ދަބަހެކެވެ. މީހުން އޭނާއާ މެދު ފަރުވާކުޑަ ގޮތަކަށް ކަންތައް ކުރި އެވެ. އެހެނީ ބޭރު މީހުންނާ މެދު އަބަދުވެސް ޝައްކުވެރިކަމާއެކު ކަންތައް ކުރެވެ އެވެ.
ސާލިމް އިށީނދެ އިނީ ރަށުގެ އެއް ފަރާތެއްގަ އެވެ. އަދި އޭނަ އަށްޓަކައި މަށިން ކުޑަ ގޮދަޑިއެއް ހެދިއެވެ. އޭނަ އަކީ ގަދަފަދަ ހަށިގަނޑެއްގެ ވެރިއެކެވެ. ތެދުވެރި ނަޒަރަކުން ބަލާ މީހެކެވެ. އަގެއް ނުބުނެ އެހީތެރި ކަމަށް އެދޭ ކޮންމެ މީހަކަށް އެހީތެރިވެދެ އެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، ބައެއް މީހުންގެ ހިތްތައް އޭނަ އަށް ހުޅުވެމުން ދިޔައެވެ. އެހެނަސް ގިނަ މީހުން އޭނާއާ މެދު ޝައްކުގެ ނަޒަރުން ބަލަމުން ދިޔަ އެވެ.
އެއް އަހަރެއްގައި، ރަށުގައި އާދަޔާޚިލާފު ބައްޔެއް ފެތުރި، ރަށުގެ ހުރިހާ ސޫފިތައް މަރުވާން ފެށި އެވެ. ރަށުގެ މީހުން މިސްކިތުގެ ގޯތިތެރޭގައި އެއްވެ، މާޔޫސްކަމާއެކު އެކަމުގެ ސަބަބާ މެދު ބަހުސްކޮށް، އެކަކު އަނެކަކަށް ބަދުބަސް ބުނަން ފެށި އެވެ. ސާލިމް އެ މީހުންގެ ތެރޭގައި ހުއްޓި، މަޑުމައިތިރިކަމާއެކު ބުންޏެވެ؛ އަހަރެން ދުރު ޤައުމެއްގައި އުޅެފައި ވާނެ އެވެ. އަދި މިފަދަ ބައްޔެއް ކުރިން ދެކެފައިވެއެވެ. ސޫފިތައް ސަލާމަތްކުރެވޭނެ ވިނައެއް ވެއެވެ. އެ ވިނަ ކާނާއާ އެކު އެއްކޮށްފިނަމަ ސޫފިތައް ސަލާމަތް ވާނެ އެވެ. އެ ވިނަ ހެދެނީ ފަރުބަދައިގެ ފަހަތުގައިވާ ރަތް ގޮނޑުދޮށުގަ އެވެ.
ބައެއް މީހުން މަލާމާތްކުރާ ކަހަލަ ގޮތަކަށް ހިނިތުންވެލައިފި އެވެ؛ "އަހަރެމެންނަށް ލަފާދޭން ތިބާ އަކީ ކާކު؟ އަސްލެއް ނެތް ބޭރު މީހެއް ނޫންހޭ؟ އެހެނަސް އުމުރުން ދުވަސްވީ މުސްކުޅިއެއް ބުންޏެވެ. އެކަން ކޮށްލަމާ ހިނގާށެވެ.؟ އަހަރެމެންނަށް ގެއްލޭނީ ކޮން އެއްޗެއް ހެއްޔެވެ؟
ސާލިމް ފަތިހު ނުކުމެ، އެކަނި ވަރަށް އުނދަގުލުން ގޮނޑުދޮށަށް ދިޔަ އެވެ. އަދި ފެހި ވިނަ ބުރިތަކެއް ހިފައިގެން އެނބުރި އައެވެ. އޭނަ އެ ވިނަތައް މީހުންނަށް ބަހާލިއެވެ. އެމީހުން އެ ވިނަތައް ސޫފިތަކުގެ ކާނާއާ އެކު އެއްކުރި އެވެ. ދުވަސްތަކެއް ފަހުން، ގެރިތަކާއި ބަކަރިތައް ރަނގަޅުވާން ފެށި އެވެ. ދަނޑުވެރިންގެ މޫނުތަކުގައި ހިނިތުންވުން ފެނި، އެ މީހުންގެ ލޯތަކުގައި އަޖައިބުވެރިކަން ފެންނަން ފެށި އެވެ.
އެ ދުވަހުން ފެށިގެން ރަށުގެ މީހުންގެ އޭނާއާ މެދު ދެކޭ ގޮތް ބަދަލުވި އެވެ. އެމީހުން އޭނާ މަޖިލިސްތަކަށް ގެންދަން ފެށި އެވެ. އެމީހުންގެ ކަންކަމުގައި އޭނާގެ ލަފާ ހޯދަން ފެށި އެވެ. އޭނާ އެމީހުންގެ ދަރިންނަށް ރަނގަޅު ގޮތުގައި ދަނޑުވެރިކަން ކުރާނެ ގޮތާއި، ހިކި މޫސުމަށް ޓަކައި އޮށްތައް ރައްކާކުރާނެ ގޮތް ދަސްކޮށް ދިނެވެ. މިގޮތަށް، ސާލިމް ވެގެން ދިޔައީ ރަށުގެ މުހިންމު ބައެއްގެ ގޮތުގަ އެވެ.
އަހަރުތައް ފާއިތުވަމުން ދިޔަ ވަރަކަށް، މީހުން އޭނާއަކީ ބޭރު މީހެއްކަން ހަނދާން ނެތި، އޭނާއަށް "ރަށުގެ އަޚް" މިހެން ކިޔަން ފެށިއެވެ. އޭނާ ރަށުގެ އިސް މީހެއްގެ ދަރިއަކާ ކައިވެނިކޮށް، ދަރިން ލިބި، އެ ދަރިން ބޮޑުވީ ރަށުގެ މީހުންގެ ތެރޭގައި އެމީހުންގެ ތެރެއިން ބައެއްގެ ގޮތުގައެވެ.
އެއް ދުވަހަކު، އާންމު މަޖިލީހެއްގައި އިސް މީހަކު ބުންޏެވެ. "ސާލިމް މި ރަށަށް އައީ ބޭރު މީހެއްގެ ގޮތުގަ އެވެ. މިއަދު އޭނަ ވަނީ އަހަރެމެންގެ ތެރެއިން އެކަކަށް ވެފައެވެ. އަދި ކިއެއްތަ، އަހަރެމެންގެ އެއްބައިވަންތަކަމުގެ ނިޝާނަކަށް ވެސް ވެ ފައެވެ."
ސާލިމް ހިނިތުންވެލަމުން ބުންޏެވެ؛ "އަހަރެން ހޯދަމުން އައީ ހަމައެކަނި ދިރިއުޅޭނެ ގެއެއް ނޫނެވެ. އަހަރެން ހޯދަމުން އައީ ބޭރު މީހަކީ ބުރައެއްގެ ބަދަލުގައި އުންމީދެއް ކަމަށް ޤަބޫލުކުރާ ހިތްތަކެކެވެ."
ޢިބްރަތް: މީހުންގެ ބޭރުފުށުން ނުވަތަ އެމީހުންނަކީ ބޭރު މީހުން ކަމަށް ބަލައިގެން ނިންމުންތައް ނުނިންމާށެވެ. ތިބާގެ ދިރިއުޅުމުގައި ޖާގައެއް ނުދީ ހުރި ބޭރު މީހާ އަކީ، އެއް ދުވަހަކުން ތިބާ ސަލާމަތް ކުރާނެ އަތްކަމުގައި ވެދާނެ އެވެ. އެހެނީ ހެޔޮކަމަކީ ނަސަބަކަށް ނުވަތަ ސަރަޙައްދަކަށް ބަލާ އެއްޗެއް ނޫނެވެ. އެއީ ތެދުވެރި ހިތަކުން ނުކުންނަ އެއްޗެކެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.