Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މާވަށު އައިސްޕްލާންޓް ހަދަން މިފްކޯ އަށް

ލ.މާވަށުގައި 10 ޓަނުގެ އައިސްޕްލާންޓެން ހަދަން މިފްކޯއާ ހަވާލުކޮށްފި އެވެ.

އެ ރަަށުގައި 10 ޓަނުގެ އައިސްޕްލާންޓަކާއި 20 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓި ގެ މަސައްކަތް ފެށުމަށް އެއްބަސވްުމުގައި ސޮއިކުރީ ރައީސް ލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ މާވަށަށް ވަޑައިގެންނެވެ.

އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމްއެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓު ޔުނިޓްގެ މެނޭޖަރު މުހައްމަދު ޝަމީމެވެ.

މަވަށުގައި ގާއިމް ކުރަ 10 ޓަނުގެ އައިސް ޕްލާންތުގެ މަސައްކަތް ނިމުމުން މި ސަރަހައްދުގެ އަދި މާވަށުގެ މަސްވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބި، ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ވެސް މިކަމުގެ މަންފާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.