ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ސައޫދީ އަރަބިއްޔާގެ އެއާލައިން، ސައުދިއާގެ އޮޕަރޭޝަންތައް ވެސް ބަދަލުކޮށްފި އެވެ.
މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިވެ އެވެެ. އަދި ސައުދިއާ އިން އައި ދަތުވެރިންނަށް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައި، ހަދިޔާ ވެސް ދީފައިވެ އެވެ.
ސައުދިއާ އަކީ ވީއައިއޭގެ އާ ޓާމިނަލަށް އޮޕަރޭޝަންތައް ބަދަލުކުރި 11 ވަނަ އެއާލައިނެވެ. ޒަމާނީ ފެންވަރަށް ވަރަށް ޖާގަ ވެސް ތަނަވަސްކޮށް ތަރައްގީކޮށްފައިވާ އެ ޓާމިނަލް ރަސްމީކޮށް ހުޅުވީ ޖުލައި މަހުގެ 26 ގަ އެވެ.
ޓާމިނަލް އެކަކުން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އެއާ އަރަބިއާ ބިއޯންޑް ފިޓްސް އެއާގެ އިތުރުން ބެއިޖިންގް ކެޕިޓަލް އެއާލައިންސް ބަޓިކް އެއާ ބެންކޮކް އެއާވޭސް އަދި އިންޑިގޯ، ގަލްފް އެއާ އަދި މެލޭޝިއާ އެއާލައިންސް އެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.