ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ އިތުރުން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަނަކަށް ހުންނެވި ލުބްނާ މުހައްމަދު ޒާހިރު ހުސައިން ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.
އޭނަ ފޮރިން މިނިސްޓްރީއަށް ބަދަލުކުރީ އިއްޔެ އެވެ. ނަމަވެސް ބަދަލުކުރި ސަބަބެއް ސާފެއް ނުވެ އެވެ.
ލުބްނާގެ ބަދަލުގައި އެންޑީއޭގެ ޗެއާމަނަކަށް މިހާރު ވަނީ ގޮތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލްމަޖީދު އިބްރާހިމް އައްޔަންކޮށްފަ އެވެ.
އެންޑީއޭގެ ޗެއާމަނަކަށް ލުބްނާ އައްޔަންކުރީ ޖޫން 24، ގަ އެވެ.
ލުބްނާ އަކީ ކުރިން އެޑިއުކޭޝަން މިނިސްޓަރުކަމާއި ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވީ ރާއްޖޭގެ ކުރީގެ މަޝްހޫރު ދުވަހު ނޫސް "ހަވީރު" ހިންގެވި ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ދަރިކަނބަލެކެވެ.