Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް މަރުގެ އިންޒާރު ދިން އައްޑޫ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ސާހިލް، އަހުމަދު އިފްސާލް، 24، އެވެ.

ފުލުހުންނަށް އޭނަ މަރުގެ އިންޒާރު ދިން މައްސަލައިގައި ކްރިނިމަލް ކޯޓުން އިއްޔެ ބަންދަށް 16 ދުވަސް ޖަހާފައިވާ އިރު، ބަންދު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި އިފްސާލް ވަނީ މަރުގެ އިންޒާރު ދީފަ އެވެ.

އެކަމާ ގުޅިގެން އޭނަ ބުނެފައި ވަނީ ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިންގީ ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ކަމަށާއި ފުލުހުން ހަޑިހުތުރު ބަހުން އޭނައާ މުއާމަލާތް ވެސް ކޮށްފައި ކަމަށެވެ.

ނަމަވެސް ފުލުހުން ވަނީ މައްސަލައަކާ ގުޅިގެން އިފްސާލް ހައްޔަރު ކުރަން ދިއުމުން ފުލުހުންނަށް ބިރު ދައްކައި، އިންޒާރުދީ އަދި ހަޑިހުތުރު ބަސް ބޭނުން ކުރިކަމުގެ ހެކިތަކެއް ވެސް ހުށަހަޅައިފަ އެވެ.

އެހެންވެ ކޯޓުން ނިންމީ އޭނަ ބަންދުގައި ބެހެއްޓުމަށެވެ.