Last Updated: June 8, 14:27
Monday, June 8, 2026
ދުނިޔެ

ޖަޕާނަށް އަލަށް އަންހެން ބޮޑުވަޒީރެއް

ޖަޕާނަށް އަލަށް އަންހެން އަންހެން ބޮޑުވަޒީރަކު ގެންނަން ފާސްކޮށްފި އެވެ.

އެ ގައުމުގެ ސިޔާސީ ދާއިރާގައި ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ އަދި ވެރިކަން ކުރާ ޕާޓީ، ލިބެރަލް ޑިމޮކްރެކްޓިކް ޕާޓީ (އެލްޑީޕީ) އަށް ނިސްބަތްވާ ސަނައޭ ޓަކައިޗީ އައްޔަން ކުރަން ފެންނަ ކަމަށް ގާނޫނު މަޖިލީހުގައި މިއަދު ނެގި ވޯޓުގެ އަޢުލިއްބަތުން ވަނީ ފާސްކޮށްފަ އެވެ.

މިއާ އެކު ޓަކައިޗީ ވެފައި ޖަޕާންގެ ތާރީހުގައި ވެސް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާނެ ފުރަތަމަ އަންހެން ބޭފުޅާއަށެވެ. އޭނަ ބޮޑުވަޒީރަޖަށް ގެންނަން ފާސްކުރުމާ ގުޅިގެން މިއަދުގެ ވަގުތެއްގައި އެމްޕެރާ ނަރްހީޓޯއާ ބައްދަލު ކުރައްވައި، ބޮޑުވަޒީރުކަމުގެ ރަސްމީ މަސްއޫލިއްޔަތުތަކާ ވެސް މިއަދު ހަވާލުވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މީޑިއާތަކުން ބުނީ ޓަކައިޗީ އެކުލަވައިލާނީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އޭނަ ވަނީ ޖަޕާނަށް މި ވަގުތު ދިމާވެފައިވާ ގިނަ މައްސަލަތަކެއް ހައްލު ހޯއްދަވައި ދެއްވި، ގައުމުގެ އިގުތިސާދު ވެސް ހަމަމަގަށް އަޅުވައި ދެއްވާނެކަމުގެ ވައުދުވެވަޑައިގެންފަ އެވެ.

އާ ބޮޑުވަޒީރަކަށް ޓަކައިޗީ ގެންނަންް ފާސްކުރި އިރު، މި މަހުގެ ކުރީކޮޅު އެލްޑީީޕީން އެ ޕާޓީގެ އާ ލީޑަރަކަށް އުމުރުން 64 އަހަރުގެ ޓަކައިޗީ އިންތިހާބުކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ފުރަތަމަ އަންހެން ބޮޑުވަޒީރު އަދި "އަޔަން ލޭޑީ" ގެ ނަމުން މަޝްހޫރުވި މާގްރެޓް ތެޗާ ރޯލު މޮޑެލެއްގެ ގޮތުގައި ދެކޭ ޓަކައިޗީ އަކީ ކުރިން ޓީވީ ހޯސްޓެއްގެ އިތުރުން ހެވީ މެޓަލް ޑްރަމަރެއް ވެސް މެ އެވެ.

ޖަޕާނަށް އާ ބޮޑުވަޒީރަކު އައްޔަން ކުރަން މިއަދު ފާސްކޮށްފައި މި ވަނީ އެންމެ ފަހުން ބޮޑުވަޒީރަކަށް ހުންނެވި ޝިގެރޫ އިޝިބާ މިދިޔަ މަހު އިސްތިއުފާ ދެއްވަން ނިންމުމާ ގުޅިގެންނެވެ. އޭނަ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ.