ލ. ފޮނަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްގެ ޚިދުމަތް ފަށައިފި އެވެ.
އެ ހިދުމަތް އެ ރަށުގައި ފެށީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފޮނަދު އަށް ކުރެއްވި ޒިޔާރަތުގައެވެ.
އެގޮތުން އެމްއައިބީގެ ފޮނަދޫ އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސެވެ.
އެމްއައިބީ ފޮނަދީ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީގެ ޚިދުމަތްތައް މުޅި ރާއް ޖެއަށް ފުޅާކުރުމުގެ ތެރެއިން މި އަހަރު އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަން އޮތީ ނިންމައިފަ އެވެ. އެގޮތުން 19 ރަށުގައި ޑޮލަރު އޭޓީއެމް ހިމެނޭހެން 23 އޭޓިއެމެއް ބަހައްޓާނެއެވެ.
މީގެ އިތުރުން 4 ރަށެއްގައި ސޭލްސް ސެންޓަރު ޤާއިމްކުރަން ވެސް ނިންމާފައިވެ އެވެ. އެ ރަށްތަކަކީ ރ. އުނގުފާރު، ށ. ފުނަދޫ، ކ. މާލެ އަދި ގއ. ވިލިނގިއްޔެވެ.