Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ގަވާއިދާ ހިލާފު އިތުރު ބިދޭސީންތަކެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެތަނުން ބުނީ އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 21 ބިދޭސީއަކު ޗެކުކޮށް 14 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށެވެ. އެ އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައި ވަނީ ފޭސް 1 ގައި ހިމެނޭ ބާ ދަގަނޑުގެ ވިޔަފާރިކުރާ ތަންތަނަށް އަމާޒުކޮށްގެންނެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން ބޮޑު އޮޕަރޭޝަން ތަކެއް ކުރިޔަށް ގެންދަން ރާވާފައިވާ ކަމަށެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އަތުލައި ގަނެ، ބައެއް ޑީޕޯޓް ވެސް ކޮށްފައިވެ އެވެ.