އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބާއްވާ ފެންނަ ނުފެންނަ ވޯޓްގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
މީ ވޯޓް ބާއްވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.
ރައްޔިތުންގެ މި ފެންނަ ނުފެންނަ ވޯޓްގައި ޖުމްލަ 9،576 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިގެންވެ އެވެ. އެގޮތުން ފޭދޫން 4،355 މީހަކަށް، މީދޫން 2،347 މީހަކަށް އަދި ހުޅުދޫން 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެ އެވެ.
ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި އަދި، އީސީގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެ އެވެ
ވޯޓަށް ޖުމްލަ 18 ވޯޓްފޮށި ބަހައްޓާނެ އެވެ. އޭގެ ތެރެއިން 7 ފޮށި ބަހައްޓާނީ މާލޭގަ އެވެ. ތިން ރަށުގައި ބަހައްޓާ ފޮށިތަކަށް ބަލާ އިރު، ފޭދޫގައި 5، މީދު އާއި ހުޅުދޫން ކޮންމެ އަވަށެއްގައި ވެސް ބަހައްޓާނީ ތިން ފޮއްޓެވެ.
ވޯޓްލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އެ މީހަކު ވޯޓްލާން ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު VR (SPACE) NID NO ޖަހާފައިި 1414 އަށް މެސެޖްކޮށްގެން ބަލާލެވޭނެ އެވެ.