Last Updated: June 8, 12:02
Monday, June 8, 2026
މުނިފޫހިފިލުވުން

ސަލްމާންގެ ޝޯއެއް އަންނަ މަހު ގަތަރުގައި

ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ "ދަ-ބަންގް ޓުއާ ރީލޯޑެޑް" ގެ ޝޯއެއް އަންނަ މަހު ގަތަރު ބާއްވަން ހަމަޖެހިއްޖެ އެވެ.

މި ޝޯ އޮންނާނީ އަންނަ މަހުގެ 14 ގައި ގަތަރުގެ ވެރިރަށް، ދޯހާގެ އޭޝިއަން ޓައުން އެމްފިތިއޭޓަރުގަ އެވެ. ޝޯގެ ޓިކެޓް ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ.

"ދަ-ބަންގް ޓުއާ ރީލޯޑެޑް" ގެ ޝޯގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި ބަތަލާއިން ކަމަށްވާ ޖެކްލީން ފެނާންޑޭޒާއި ސޮނާކްޝީ ސިންހާ އާއި ތަމަންމާ ބާޓިއާ އާއި މަޝްހޫރު ކޮމީޑިއަން/އެކްޓަރު ސުނިލް ގްރޯވާ އާއި އެކްޓަރު/ހޯސްޓް މަނީޝް ޕޯލް އާއި ނެށުންތެރިޔާ/ޑައިރެކްޓަރު/އެކްޓަރު ޕްރަބޫދޭވާގެ އިތުރުން ލަވަކިޔުންތެރިޔާ ސްޓެބިން ބެން ހިމެނެ އެވެ.

ސަލްމާންގެ "ދަ-ބަންގް ޓުއާ" މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާފައިވެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސަލްމާން މިހާރު އަންނަނީ "ދަ ބެޓްލް އޮފް ގަލްވާން" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރި "ސިކަންދަރު" އެވެ.