Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ޖަޕާންގެ އާ ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ

ޖަޕާނުގެ ބޮޑުވަޒީރުކަމަށް މިއަދު އިންތިހާބުކުރި ސަނައެ ޓަކައިޗީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިއްޔާ ފޮނުއްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރައީސް އާ ބޮޑުވަޒީރުގެ ތަޖުރިބާއާއެކު ޖަޕާނަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށާއި ރާއްޖެ އާއި ޖަޕާނާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމަށް ވެސް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޓަކައިޗީ އަކީ ޖަޕާންގެ ފުރަތަމަ އަންހެން ބޮޑުވަޒރެވެ. އޭނަ އެ މަގާމަށް އިންތިހާބުކުރީ ގާނޫނީ ހަދާ މަލީހުގައި މިއަދު ނެގި ވޯޓްގައި ތަނަވަސް އަޢުލަބިއްޔަކުންނެވެ.

އުމުރުން މިހާރު 64 އަހަރުގެ ޓަކައިޗީ ބޮޑުވަޒީރަކަށް އިންތިހާބު ކުރަން ނިންމީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ޝިގެރު އިޝިބާ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.