Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

މީޑިއާ ކޮމިޝަނަށް 3 މެންބަރުން އައްޔަންކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނަށް މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެ ކޮމިޝަނަށް އައްޔަނުކުރަން ވޯޓަށް އެހީ ބްރޯޑްކޮމްގެ ކުރީގެ ރައީސް، ސަފާ ޝަފީގާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު، އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަރުޝަތަށެވެ.

އެ ތިން މީހުން ވެސް އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރަން ފެންނަ ކަމަށް ފާސްކުރީ 54 މެންބަރުންގެ ވޯޓާއެކު އެވެ.

އާ ކޮމިޝަނުގައި ދެން ހިމެނެނީ މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން މީޑިއާތަކުން މާ ބޮޑު ތަރުހީބެއް ނުލި، އިންތިހާބަލާ ނުލައޮ ހަތަރު މެންބަރަކު ވަނީ ހޮވިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އޮންލައިން ކެޓަގަރީން ހޮވުނު ގދ. ރަތަފަންދޫ، ވެލީގެ، ސިމާހާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ހުސައިން ސަގީފްގެ އިތުރުން ބްރޯޑްކާސްޓިން ކެޓަގަރީން ހޮވުނު ށ. ފޭދޫ، މޫނިމާގެ، އަބްދުލްއަޒީޒް އިބްރާހީމާއި ތިނަދޫ، މަލަ، ޒަމްއަތު އަހުމަދު ވަހީދެވެ.

ކޮމިޝަނަށް މިއަދު މަޖިލީހުން ފާސްކުރި ތިން މެންބަރުންނާ އެކު ކޮމިޝަންގެ މެންބަރުންގެ އަދަދު މިހާރު މި ވަނީ ހަމަވެފަ އެވެ.