Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޓޫރިސްޓުންގެ ރައްކާތެރިކަމާ ގުޅޭ ވީޑިއޯތަކެއް ލޯންޗްކޮށްފި

ރާއްޖެ އަންނަ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ފަތުރުވެރިންގެ މެދުގައި ދިމާވާ ހިތާމަވެރި ހާދިސާތައް ހުއްޓުވުމުގެ ގޮތުން ޓޫރިސްޓް ސޭފްޓީ ވީޑިއޯތަކެއް ލޯންޗުކޮށްފި އެވެ.

މި ވީޑިއޯތަކަކީ އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ގުޅިގެން ތައްޔާރުކޮށްފައިވާ ވީޑިއޯތަކެކެވެ.

މިއަދު އިސްކަންދަރު ބިލްޑިންގިގައި އޮތް ރަސްމިއްޔާތެއްގައި ވީޑިއޯތައް ލޯންޗްކޮށް ދެއްވީ ވިޒިޓް މޯލްޑިވްސް ސީއީއޯ/އެމްޑީ އިބްރާހީމް ޝިއުރީ އެވެ.

ލޯންޗްކުރި ވީޑިއޯތަކަކީ ކޮންމެ އަހަރެއްގެ ވެސް ނިމޭ ހިސާބުގައި ޓޫރިޒަންގެ ޕީކް ސީޒަން ފެށިގެން އަންނާތީ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި ދިމާވެދާނެ ހާދިސާތަކުން ރައްކާތެރިވުމަށް ފަތުރުވެރިން ހޭލުންތެރިކުރުވައި މައުލޫމާތު ފޯރުކޮށް ދިނުމުގެ ގޮތުން ލޯންޗުކުރެވިގެން ދިޔަ ވީޑިއޯތަކެކެވެ.

އެގޮތުން މިއަދު ތިން ވީޑިއޯ އެއް ލޯންޗުކޮށްފައި ވެއެވެ. އެއީ ވޯޓާ ސްޕޯޓްސް ސޭފްޓީ، ފްރޯޑް ބުކިން އަދި ގެންގުޅޭތަކެއްޗަށް ރައްކާތެރިވުމުގައި ސަމާލުކަންދޭންޖެ ހޭ ކަންކަމާ ގުޅޭ ވީޑިއޯ އެވެ.

މި ވީޑިއޯތަކުން ޓޫރިސްޓުންނަށް މުހިންމު މެސެޖުތަކެއް ލިބިގެން ދާނެ އެވެ.