ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިްސް (އެފްއޭއެމް) އިން ބުނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ރާއްޖެ އަންނާނީ ކުރިއަށް އޮތް ހަފުތާ ބަންދުގައި ކަމަށެވެ. އެގޮތުން އިންފަންޓީނޯ ރާއްޖެ އަންނަން ހަމަޖެހިފައި އޮތީ ހުކުރު ދުވަހު އެވެ.
މިއީ 19 އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެ އަންނަ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެތަނުގެ ރައީސަކު ރާއްޖެ އައީ 2006 ގަ އެވެ.
އެފްއޭއެމުން ބުނީ އިންފަންޓީނޯގެ ރާއްޖެ ދަތުރަކީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އާ އަޒުމަކާ އެކު މަސައްކަތް ކުރުމަށް ލިބޭ ހިތްވަރަކަށް ވާނެ ކަމަށެވެ.
ދާދި ފަހުން އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ބޭރަށް ވަޑައިގެން އިންފަންޓީނޯއާ ބައްދަލު ވެސް ކުރައްވާފައިވެ އެވެ. ޓޮމް އަކީ ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރެއް ވެސް މެ އެވެ. މިއީ ދިވެއްސަކު ފީފާގެ އެޑްވައިޒަރީ ކޮމިޓީއަކަށް އައްޔަންކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ފީފާގެ ރައީސްގެ އިންފަންޓީނޯ ކުރަމުން އަންނަ 2016 އިން ފެށިގެންނެވެ. މިއީ އެ މަގާމުގައި އޭނަ ހޭދަކުރާ ދެވަނަ ދައުރެވެ. އިންފަންޓީނޯ އަކީ ފީފާގެ 9 ވަނަ ރައީސެވެ.