Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

ދަނބިދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ލ. ދަނބިދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި އެވެ.

ދަނބިދޫގެ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި އެރަށުގައި ލެބޯޓްރީގެ ޚިދުމަތް ފައްޓަވާދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ދަނބިދޫ ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.

ދަނބިދޫގައި މި ޚިދުމަތް ފައްޓަވާދެއްވުމަށްފަހު މިނިސްޓަރު ނާޒިމް ވަނީ އެރަށުގެ ސިއްޙީ މަރުކަޒުގެ އިތުރުން ލެބޯޓްރީވެސް ބައްލަވާލައްވާފައެވެ.