Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓިއްޖެ

ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 15:49 ހާއިރު ހަ ފަތުރުވެރިންނާއެކު އދ. މަހިބަދޫ އިން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ކ. ރަންނާޅިއާ 14 މޭލު ބޭރުން އިންޖީނު ހުއްޓުމާ ގުޅިގެން މެރިން ޕޮލިސް އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މި ލޯންޗުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ.