Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

މީޑިއާ ކޮމިޝަނަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ތިން މެމްބަރުން އެ ކޮމިޝަނަށް އައްޔަންކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންގެ ގޮތުގައި އެ ކޮމިޝަނަށް އައްޔަންކުރެއްވީ ހ. ޓޫހާރޓްސް، މުޙައްމަދު ފަރުޞަތާއި ދ. މީދޫ، ބިއްލޫރިވިލާ، ޞަފާ ޝަފީޤާއި ގ. ގޮފި، އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.

މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުންނެވެ.

އެގޮތުން މީޑިއާތަކުން އިންތިޚާބުކުރި ހަތަރު މެންބަރުން މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް މިދިޔަ ހަފްތާގައި ވަނީ ހަމަޖައްސަވާފަ އެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.