Last Updated: July 3, 07:48
Friday, July 3, 2026
ޚަބަރު

މާޗު މަހާ ހަމައަށް ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް

މާޗު މަހާ ހަމައަށް ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ލިބޭވަރު ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް މިހާރު ނުދެވި ހުރި އަތޮޅުތަކަށް އެ ދިނުމުގެ ގޮތުން އެކަމަށް ބޭނުންވާ އުޅަނދުތައް ފެބްރިކޭޓްކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަން ނިމޭހާ އަވަހަކަށް ލ. އަތޮޅުގައި ވެސް އާރުޓީއެލްގެ ހިދުމަތް ދެވޭނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި މި ހިދުމަތް މިހާރު ނުދެވި ހުރި ހުރިހާ އަތޮޅަކަށް ހިދުމަތް ދޭން ފެށުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އާރްޓީއެލް ހިދުމަތަށް އިންތިޒާރުކުރައްވާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެކަން އެގޮތުގައޭ ހިނގަނީ. ގާތްގަނޑަކަށް ފެބްރުއަރީ މާޗު ހިސާބަށް ދާއިރަށް އެކަން ވެސް އަދި މި އަތޮޅަށް ވެސް ދެން ހުރިހާ ބާކީ ނުފެށޭ ހުރިހާ އަތޮޅަކަށް ވެސް އެ އޮތީ ފެށޭގޮތަށް ހަމަޖެހިފައި އިރާދަކުރެއްވިއްޔާ. އެކަން އެގޮތަށް ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ

އާރްޓީއެލްގެ ޚިދުމަތް ދެމުން އަންނަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ދެހާސް ބާވީހުގައި ފެށި އާރްޓީއެލްގެ ދަށުން ފެރީ ހިދުމަތުގެ އިތުރުން ބައެއް ސަރަހައްދުތަކަށް އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.