Last Updated: July 3, 07:48
Friday, July 3, 2026
ޚަބަރު

އައްޑު އަށް 1.8 މެގަވޮޓްގެ ދެ ޖެނެރޭޓަރު ފޮނުވަނީ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން 1.8 މެގަވޮޓްގެ ދެ ޖެނެރޭޓަރު ފޮނުވުމަށް ފެނަކައިން ނިންމައިފި އެވެ.

ފެނަަކައިން ބުނީ އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގެނެވޭ 1.8 މެގަ ވޮޓުގެ އައު ދެ ޖެނެރޭޓަރު ހިފައިގެން އައި އުޅަނދު މިހާރު މާލޭ ބަނދަރަށް ވަދެފައިވާ ކަމަށެވެ.

ނަމަވެސް އައްޑުއަށް މި ދެ ޖެނެރޭޓަރު ފޮނުވާނެ ތާރީހެއް ފެނަކައިން ހާމަކޮށްފައެއް ނުވެ އެވެ.

އައްޑު އަށް 1.8 މެގަވޮޓްގެ ދެ ޖެނެރޭޓަރު ފޮނުވަން ފެނަކައިން ނިންމާފައިވާއިރު، އައްޑޫގެ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ލޯޑް މަތިވާ ގަޑިތަކުގައި ލޯޑް މެނޭޖް ކުރުމަށްޓަކައި ކަރަންޓުގެ ޚިދުމަތް އައްޑޫގެ އެކި އަވަށްތަކުން އަންނަނީ މިހާރުވެސް ކަނޑަމުންނެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.