Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ މަޝްރޫއުތައް ދޭން ފަށަނީ

އަމިއްލަ ކުންފުނިތަކާ ވެސް ސަރުކާރުގެ މަޝްރޫއުތައް ވަރަށް އަވަހަށް ހަވާލު ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިކަން ރައީސް ހާމަކުރެއްވީ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ގަމު ރައްޔިތުންނާ އެކި ބޭއްވި ބައްދަލުވުމުގަ އެވެ.

ރައީސް ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރައިވެޓް ކުނިފުނިތަކާ ސަރުކާރުގެ މަޝްރޫޢުތައް ހަވާލުކުރަން ފަށާނެ ކަމަށެވެ.

"ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް އަދި ބައެއް ބޮޑެތި ކުންފުނިތަކަށް ކުރިއަށްއޮތް ދިގަ ވަރަކަށް ދުވަސްތެރޭގައި އަޅުގަނޑުމެން އެކި ކަަހަލަ ސަރުކާރުގެ އެކި މަޝްރޫޢުތައް ހަވާލުކުރާނަން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ކުނިފުނިތަކާ ސަރުކާރުގެ އެކި މަޝްރޫޢުތައް ހަވާލުކުރަން ފެށުމާއެކު، އިޤްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ގަބޫލު ވެސް ކުރައްވާ ކަމަށެވެ. އަދި މީގެ ސަބަބުން ކުންފުނިތަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހިމ އެފަދަ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ، އާއިލާތަކަށް ތަނަވަސްކަން ލިބި، އިޤްތިސާދު ފުޅާވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު ސަރުކާރުގެ މަޝްހޫރުތައް ހަވާލު ކުރަމުން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޓީސީސީ، އާރްޑީސީ، އެމްއޭސީއެލް، އެފްޑީސީ އެވެ. މި ކުންފުނިތަކާ އަންނަނީ ސްކޫލްތަކާއި މިސްކިތްކާއި ފިޓްނެސް ސެންޓަރުތަކާއި އެއާޕޯޓް ތަރައްގީ ކުރުމާއި ހޮސްޕިޓަލް އެޅުމާއ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުން ފަދަ މަޝްރޫއުތައް ހަވާލި ކުރަމުންނެވެ.

ސަރުކާރުގެ އެކިއެކި މަސައްކަތްތައްކޮށްގެން އަމިއްލަ ކުންފުނިތަކަށް މިހާރު ވެސް 2.3 ބިލިއަން ރުފިޔާ ދައްކަން އެބައޮތެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް 10 ދުވަހުގެ ތެރޭގައި އެ ފައިސާ އެ ފަރާތްތަކަށް ދައްކަވާނެ ކަމަށެވެ.