ލ. ގަމުގައި ހަދަން ނިންމާފައިވާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތް ފަށައިފި އެވެ.
އެތަނުގެ ޢަމަލީ މަސަައްކަތްފެށީ، ރައީސް ޑރ. މުހައްމަދު މުއިއްޒު . އަތޮޅަށް މިހާރު ވެސް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހެނދުނު ގަމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ގަމުގެ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބޭނުންވާ ފަރުވާ އާއި އެފަދަ މީހުން ރިހެބިލިޓޭޓް ކުރަން ރާއްޖޭގެ އެކި ހިސާބުތަކުގައި ސެންޓަރުތައް ހިންގަމުންދެ އެވެ.