Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ދީޕިކާގެ ދަރިފުޅު އަލަށް ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯންގެ ދަރިފުޅުގެ ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ،

މިދިޔަ މަހު އަހަރަށް ފުރުނު އެ މީހުންގެ އަލަތު ދަރިފުޅު ދުއާ ޕަދްކޯން ސިންގްގެ ފޮޓޯތަކެއް ދައްކައިލީ މިހާރު އިންޑިއާގައި ފާހަގަ ކުރަމުން އަންނަ ދިވާލީ ފެސްޓިވަލާ ވެސް ގުޅުވައިގެންނެވެ އެގޮތުން އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯތަކުގައި ރަންވީރާއި ދީޕިކާ ފެންނަނީ ފެސްޓިވަލަށް ދަރިފުޅާ އެކު ޒީނަތްތެރިވެލައިގެން ތިބޭ ތަނެވެ.

އެ ފޮޓޯތަކުގައި ދީޕިކާ އާއި ދަރިފުޅު ތިބެނީ ރަތް ކުލައިގެ ހެދުމުގަ އެވެ.

ދުއާ އުފަންވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 8 ގަ އެވެ. ދީޕިކާ އާއި ރަންވީރު ކައިވެނިކުރީ 2018 ގަ އެވެ.