ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ އޭޓީއެމް ބަހައްޓަން ނިންމައިފި އެވެ.
އެ އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ދޭން ފަށައި އެކަން ނިންމައިލީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.
އެގޮތުން ލ. އަތޮޅުގެ 11 ރަަށައް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ލިބެން ނެތް 7 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިހާރު ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން އެންމެ ފަހުން އޭޓީއެެމްތައް ބެހެއްޓީ ހިތަދޫ، ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫގަ އެވެ.
މިހާރު އޭޓީއެމް ޚިދުމަތް ނުލިބެނީ އައްޑޫގެ މީހުން ދިރިއުޅޭ ދެ ރަށަކުންނެވެ. އެއީ މަރަދު އާއި ހުޅުދު އެވެ.
ބީއެމްއެލްގެ އަމާޒަކީ މި މަހުގެ ތެރޭގައި އެ ރަށްރަށުގައި ވެސް ޚިދުމަތް ޤާއިމްކޮށް މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރަން ފެށި މަސައްކަތް އެއްކޮށް ނިންމައިލުމެވެ. "މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މި އަހަރު މުޅިން އަލަށް 103 ރަށެއްގައި ބީއެމްއެލުން އޭޓީއެމް ބަހައްޓާފައިިވެ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލްއިން 20 އަތޮޅުގައި 42 ބްރާންޗް، 194 ސެލްފް ސާވިސް ބޭންކިން ސެންޓަރ އަންނަނީ ހިންގަމުންނެވެ. އަދި 252 އޭޓީއެމް ގާއިމުކޮށްފައިވެ އެވެ.