Last Updated: June 8, 12:02
Monday, June 8, 2026
ދުނިޔެ

ހަތަރު ވެހިކަލް އެކްސިޑެންޓްވެ، 63 މަރު

ބަސްތަކަކާއި އިތުރު ވެހިކަލްތަކެއް ޔުގަންޑާގެ ހައިވޭއެއްގައި އެކްސިޑެންޓްވެ ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ މިއަދު މި އެކްސިޑެންޓް ހިނގީ ވެރިރަށް ކަމްޕާލާ އާއިލާ އުތުރު ސިޓީއެއް ކަމަށްވާ ގުލޫ ގުޅުވައިދޭ ހައިވޭގައި ބާރު ސްޕީޑްގައި ދެކޮޅަށް ދުއްވަމުން ދިޔަ ދެ ބަހެއް އެހެން ދެ ވެހިކަލަކާ އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ޖެހިގެން ކަމަށެވެ.

އެގޮތުން ބަސްތައް ކޮންޓްރޯލުން ނައްޓާލައި ޖެހިފައި ވަނީ ލޮރީއަކާއި ކާރެއްގަ އެވެ.

މި ނުރައްކާތެރި ހާދިސާގައި މިހާތަނަށް 63 މީހަކު މަރުވެފައިވާ އިރު، އަނިޔާވި އިތުރު ބަޔަކު ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާ ދެމުން އަންނަ ޔުގަންޑާ ފުލުހުން ބުންޏެވެ.

މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.