Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ކޯޓަށް ހާޒިރު ކުރަން މަރަދޫ މީހަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން އައްޑޫ މަރަދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު ސިލްވަވިލާ، ޢަބްދުﷲ ނަވާޒު، 53، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 27 ވަނަ ދުވަހު ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެވެ.

އެހެންވެ ނަވާޒުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.