Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ސިނގިރެޓް ވައްކަން: 5 ވަނަ މީހާގެ ވަނަވަރު އާންމުކޮށްފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ހުޅުމާލޭ ޕޯޓުން ވަގަށް ނެގި މައްސަލައިގައި ފަހުން ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ރޭ ހައްޔަރުކުރީ ކ.ތުލުސްދޫ، ހަސަން އަބްދުއްރަޙްމާން، 52، ކަމަށެވެ. (52އ) އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ އޭޕްރީލް މަހުގެ 26 ގައި ކަސްޓަމްސް ސާވިސްއިން ހުޅުމާލޭގެ ޕޯޓުގައި ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރޭޓު ގެއްލުނު މައްސަލާގައި ކުރީން ހަތަރު މީހަކު ހައްޔަރުކުރި އެވެ.

އޭގެ ތެރޭގައި ހިމެނެނޯ މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުން މިހާރު ސަސްޕެންޑްކޮށްފައިވާ މުއާޒު އަލީ އާއި، ދެ ވިޔަފާރިވެރިއެއް ކަމަށްވާ ކަމަށް ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ކަސްޓަމްސްގައ ވަޒީފާ އަދާކުރަމުން ދިޔަ ހދ. ވައިކަރަދޫއަށް ނިސްބަތްވާ ޒިވާރު އިސްމާއީލެވެ.