ޕެންޝަން އޮފީހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ އެކު ހިންގަން ނިންމި ފައިސާގެ މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އާދަމް އިސްތިއުފާ ދެއްވައިފި އެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަރުކަޒީ ބޭންާ އެކު ބޮންޑު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެން، ބޯޑު މެންބަރުކަމުން އޭނަ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ކުރިން ފިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި ސަރުވަޝް ވިދާޅުވީ އެ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށާއި އޭނާ ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވި އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ.
I have resigned from the Pension Board after the decision to proceed with the MMA-financed bond.
I believe it raises serious legal, fiduciary, and economic concerns, and I chose to step down to uphold the principles of prudence, integrity, and institutional independence.— Saruvash Adam (@saruvash) October 22, 2025
އެމްއެމްއޭއާ އެކު އެ މުއާމަލާތް ހިމްގަން ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
މި މުއާމަލާތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ވެސް މި ހަފުތާގައި ބަޔާނެއް ނެރެ، މިއީ ފައިސާ ޗާޕްކޮށް، ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް ފަށަން އުޅޭ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މިއީ މިހާތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުން އައި ހުރިހައި ހަމަތަކެއް މުގުރައިލައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް، އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން އެމްއެމްއޭ އިސްވެ އޮވެ، ކުރުވަމުންދާ ކަމެއް ކަމަށް ވެސް ބުންޏެވެ.